ރައްޔިތުންގެ ބާރު ފެށެނީ ވެރިކަމާއި ވެރިމީހާއާ ހިސާބުން : ސައްތާރު
Arusham Abdulla
ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ބާރު ފެށެނީ ވެރިކަމާއި ވެރިމީހާއާ ހިސާބުން ކަމަށް ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އަބްދުއްސައްތާރު މިހެން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ދައުލަތުން ރަށްރަށުގެ ބިންތައް އަތުލުމާ ދެކޮޅަށް އާންމުން ހުށަހަޅާފައިވާ ޕެޓިޝަނަށް ބަހުސް ކުރައްވަމުންނެވެ.
"އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކައުންސިލްތައް ކިޔަސް، ރައްޔިތުންގެ މަޖިލިސް ކިޔަސް، ރައްޔިތުން ކިޔަސް، ވެރިކަން ކިޔަސް ހަގީގަތުގައި މިއީ ރައްޔިތުންގެ ބާރު. މި ބާރުވެރިކަން މި ފެށިގެން އަންނަނީ ހަގީގަތުގައި ވެރިމީހާއާ ހިސާބުން، ވެރިކަމާ ހިސާބުން،" އަބްދުސައްތާރު ވިދާޅުވި އެވެ.
އަބްދުއްސައްތާރު އެހެން ވިދާޅުވި ނަމަވެސް ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގައި ބުނެފައި ވަނީ "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން" ކަމަށާއި "މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް